މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގެ ގެއަކުން ވަގަށް ބިލެތް ކަނޑަން ތިބި ދެ މީހުން ހައްޔަރުކޮށްފި

މާލޭގެ ގެއަކުން ވަގަށް ބިލެތް ކަނޑަން ތިބި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ދެ މީހުން މިއަދު ހެނދުނު 8:00 ހާއިރު ހައްޔަރުކުރީ މ. ހަވާއީގައި ހައްދާފައި ބިލެތް ޅޮހަކުން ވަގަށް ބިލެތް ކަނޑަން ތިއްބާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ މީހަކާއި 63 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މ. ހަވާއީ އަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މާރިއާ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނަރަލް ޒީނިޔާ ނިސްބަތްވާ ގެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ރޯދަ މަހުގެ ފުރަތަމަ 15 އާ ހިސާބަށް މާލެ ސަރަހައްދުން 110 ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.