މޯލްޑިވްސް ޕޮލިސް ސާވިސް

މަގު ކުނިކަހަން ހުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި ފަރުވާ ދެނީ

މާލޭގެ މަގެއްގައި ކުނިކަހަން ހުރި އަންހެނެއްގެ ގައިގައި ޖެހުނު ސައިކަލެއްގައި ތިބި ދެ މީހުން މަޑުކޮށް ފިލާފައިވާތީ އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ މާލޭގެ އިއްޒުއްދީން މަގުގައި އަންހެން މީހާ ކުނި ކަހަން ހުއްޓާ ރޭ 11:17 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 48 އަހަރުގެ އަންހެނެކެވެ. އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ސައިކަލްގައި ތިބި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކަށް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.