މޯލްޑިވްސް ޕޮލިސް ސާވިސް

އީދު ދުވަހު މަނާ ވަގުތުގައި އުޅަނދު ދުއްވައިގެން 43 މީހަކަށް ފިޔަވަޅު އަޅައިފި

ހުޅުމާލޭގައި ސައިކަލް ދުއްވާފައި ދިޔަ މީހަކު ހުއްޓުވަނީ -- ފޮޓޯ: އަވަސް
0%
0%
0%

އަޟްހާ އީދުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުގައި އުޅަނދު ދުއްވި 43 މީހަކު ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ ފިޔަވަޅު އެޅި މީހުންގެ ތެރެއިން 27 މީހުންނަށް ފިޔަވަޅު އެޅީ ހުޅުމާލެ ފޭސް އެކެއްގައި އުޅަނދު ދުއްވައިގެން ކަމަށެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި އުޅަނދު ދުއްވައިގެން 13 މީހަކަށް ފިޔަވަޅު އެޅިއިރު މާލެ އިންވެސް ތިން މީހަކަށް ފިޔަވަޅު އަޅާފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ އީދުގެ ފުރަތަމަ ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފަ އެވެ.

އީދު ދުވަސްތަކުގައި ވަކި ވަގުތަކު އެއްގަމު އުޅަނދު ދުއްވުމަކީ މިހާރަކަށް އައިސް މަނާކުރާ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345