މޯލްޑިވްސް ޕޮލިސް ސާވިސް

ބިދޭސީ ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް

މާލޭގައި ބިދޭސީ ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގާ، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް ރޭ މެންދަމު 12:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މާރާމާރީގައި ދެ މީހަކަށް އަނިޔާވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މާރާމާރީއާ ގުޅިގެން ފަސް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް މިހާރު އެ އެންމެން ވެސް ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ހިންގާ ޖިނާއީ ކުށްތަކުގައި ބިދޭސީން ބައިވެރިވުންވެސް ވަނީ އިތުރުވެފަ ވެ. މިފަދަ ކަންކަމުގައި ފިޔަވަޅު އެޅުމަށް ޖެހިލުން ނުވާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.