ވައްކަން

ބިދޭސީއެއްގެ އަތުން ވަގަށް ނެގި 59500ރ ހޯދައިފި

Feb 3, 2021
1

ތިލަފުށީގެ މަސައްކަތު ސައިޓެއްގައި އުޅުނު ބިދޭސީ މުވައްޒަފެއްގެ 59500ރ. ވަގަށް ނަގާފައި ވަނިކޮށް އެ ފައިސާ ފުލުހުން ހޯދައިފި އެވެ.

ފުލުސް އިދާރާއިން ބުނީ އެއީ މިދިއަ މަހުގެ 10 ވަނަ ދުވަހު ހުށަހެޅި މައްސަލައެއް ކަމަށާއި އެ މައްސަލަ ބަލައި ތަހުގީގު ކުރަމުގެ ތެރެއިން އެ ފައިސާތައް މިހާރު ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވުނު މީހުނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފުޓޭޖުތައް ބެލި ކަމަށެވެ. އަދި ވީޑިއޯތައް ބެލުމުގެ ތެރޭ ބައެއް ފައިސާ ފެނުނީ ތިލަފުށި ސައިޓެއްގައިހުރި ޖަމްބޯ ބޭގެއްގެ ތެރެއިން ކަމަށާއި ބާކީ ފައިސާ ބަނގްލަދޭޝްގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންސްފާކޮށްފައި ހުއްޓާ ފެނުނު ކަމަށެވެ.

އެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިހުރި ފައިސާއާއެކު 59500ރ. ހޯދައި މިހާރު ވަނީ ބިދޭސީ މީހާއާ ހަވާލުކޮށްފަ އެވެ.

މި މައްސަލަ ބަލަމުން ދިޔަ ނަމަވެސް މީހަކު ހައްޔަރު ކުރި ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.