ހަބަރު

ގެއަކުން ބިދޭސީއަކު ބައިލައްކަ ރުފިޔާ ވަގަށް ނަގައިފި

Dec 30, 2020

ލ. އިސްދޫ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާތައް ހޯދައި، ތުހުމަތުވާ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އެމީހާ ހައްޔަރު ކޮށްފައި ވަނީ ލ. އިސްދޫ ގެއަކުން 54،000 ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް މިދިއަ އާދީއްތަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެރަށު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެހިގެން އައި ދުވަހު ކަމަށެވެ.

އަދި ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައި ވަނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެ ބަލައި ފާސް ކުރިއިރު އެ ގެއިން ކަމަށް ވެސް ބުންޏެވެ.

ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ލ. ކަލައިދޫ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.