ހަބަރު

ބިދޭސީއެއްގެ ފޯނު ފޭރިގަނެ ހަމަލާ ދީފި

ނޭޕާލް ފިރިހެނެއްގެ ފޯނު ފޭރިގަނެ ތޫނު އެއްޗަކުން ހަމަލާ ދީފި އެވެ.

ފުލުހުން މިއަދު ބުނީ، ރޭ ޖަމްބު މަގުން ހިނގާފައި ދިޔަ ނޭޕާލް ފިރިހެނެއްގެ ފޯނު ފޭރިގަތުމަށްފަހު ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ ފިރިހެނުން ކަމަށެވެ. އަދި ހަމަލާ ދީފައިވަނީ، ފޭރިގަތް މީހުން ހުއްޓުވަން ސައިކަލުގައި ހިފެހެއްޓުމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

"ފޭރިގަން މީހުން ހިފެހެއްޓުމަށްޓަކައި ސައިކަލުގައި ހިފެހެއްޓުމުން އެ މީހާގެ ވާތު އުޅަނބޮއްޓާއި އިނގިލި ތަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި" ފުލުހުން ބުންޏެވެ.

ހާދިސާގައި އަނިޔާވި ނޭޕާލް މީހާ އަކީ 24 އަހަަރުގެ ފިރިހެނެކެވެ.

މި ހާދިސާގައި އެއްވެސް މީހެއް އަދި ހައްޔަރުކޮށްފައި ނުވާއިިރު ފުލުހުން މި މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.

ބިދޭސީން އަތުން ރުފިޔާ އާއި އެހެނިހެން ތަކެތި ފޭރުމަކީ މިހާރު ވަރަށް އާއްމު ކަމެކެވެ. އަދި ހާއްސަކޮށް މި މައްސަލަ މާލޭގައި ވަރަށް ގިނަ އެވެ.