ހަބަރު

ވަޅިއާއެކު ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މާފަންނުގައި ބިދޭސީން ދިރިއުޅެމުންދާ ތަނަކަށް ވައްކަން ކުރަން ވަދެ އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 2:14 ހާއިރު މާފަންނުގައި ހުރި އެ ގޭތެރެއިން ހައްޔަރު ކުރީ 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދިވެހިންނެވެ. އަދި އެ މީހުން ބަލައިފާސްކުރިއިރު 27 އަހަރުގެ މީހާ ލައިގެން ހުރި ޖިންސްގެ ޖީބުން ވަޅިއެއް ވެސް ވަނީ ފެނިފަ އެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.