ކުށްކުރުން

ދެ ލެޕްޓޮޕާއި ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ފުލުހުން މިމައްސަލާގައި ހޯދަމުން ދާ މީހާ -- ފޮޓޯ: ޕޮލިސް
0%
0%
0%

ދެ ލެޕްޓޮޕާއި ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފުހުން މަސައްކަތް ފަށާއި ވައްކަން ކޮށްގެން އެމީހާ ދުވާ ވީޑިއޯއެއް އާންމު ކޮށްފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ކުރު ވީޑއޯގައި ފެންންނީ މީހާ ގެއަކުން ލެޕްޓޮޕަކާއި ދަަބަހެއް ހިފައިގެން ނުކުމެ މަގު ހުރަސްކޮށް ބާރަށް ދުވެފައި ދާ މަންޒަރެވެ.

ފުލުހުން މިމައްސަލާގައި އާންމުކުރި ވީޑިއޯ

ފުލުސް އިދާރާއިން ބުނަނީ ވީޑިއޯއިން ފެންނަ އެ މީހާއަކީ މާލޭގެ ގެއަކުން ދެ ލެޕްޓޮޕާއި ހާޑް ޑިސްކަކާއި އަދި ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން އެ އިދާރާގެ ޖެނެރަލް އިންވެސްޓިގޭޝަންގެ ތަހުގީގަށް ހޯދާ މީހެއް ކަމަށެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހާ ހިއްސާ ކުރުމަށް ވެސް އެދިފައި ވެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345