މާލޭގެ ބޮޑު ތަކުރުފާނު މަގުގެ އާޓިފިޝަލް ބީޗް ސަރަހައްދު ކައިރީ ހުންނަ މަނީ އެކްސްޗޭންޖްގެ ހިދުމަތް ދޭ ފިހާރައެއްގެ ބިއްލޫރިގަނޑު ރޭ ތަޅާލައި ގެއްލުން ދީފި އެވެ.
ފުލުހުން މިއަދު ބުނީ މަނީ އެކްސްޗޭންޖްގެ ހިދުމަތް ދޭ އެ ތަނުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ މެންދަމު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ތާނގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާއިރު ފައިސާއާ ތަކެތި ގެއްލިފައިވޭތޯ ބަލަމުން ގެންދާ ކަމަށެވެ.
ފުލުހުން ބުނީ ބިއްލޫރިގަނޑު ތަޅާލީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވާ ކަމަށެވެ.