މާލޭގެ އަލިކިލެގެފާނު މަގުގައި ހުންނަ ސައުތު އެންޓަޕްރައިސް އަޮފީހުގެ ދޮރަށް ގެއްލުން ދިނުމުގެ ތުހުމަތަށް ދެ މީހަކު ހޯދަން ފަށައިފި އެވެ.
ފުލުސް އިދާރާ އިން ބުނީ އެ އިދާރާގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރާ ތަހުގީގަކަށް ދެ މީހަކު ހޯދަމުން އަންނަ ކަމަށާއި އެ ދެ މީހުންނަކީ ސައުތު އެންޓަޕްރައިސް އަޮފީހުގެ ދޮރަށް ގެއްލުން ދިން ކަމަށް ތުހުމަތުވާ ދެ މީހުން ކަމަށެވެ.
އެ ދެ މީހުން ގެ ވީޑިއޯ އާއި ފޮޓޯއެއް ވެސް ފުލުހުން އާންމުކޮށްފައި ވެއެވެ. މީގެ އިތުރުން އެ ދެ މީހުނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް ވެސް އެދިފައި ވެ އެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ދެ މީހަކު އަލިކިލެގެފާނު މަގުން ހިނގާފައި ދާތަން ފެނެ އެވެ. ފަހަކަށް އައިސް މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގައި ވަރަށް ގިނައި މީހުން ހޯދަން ފުލުހުން އިއުލާންކުރެ އެވެ.