ގެއްލުން ދިނުން

ފިހާރައަކަށް ގެއްލުން ދިން މީހަކު ހޯދަނީ

Nov 21, 2020
1

ފިހާރައަކަށް ގެއްލުން ދިން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

އެ މީހާ ހޯދަން ފުލުހުން އިއުލާން ކުރި އިރު ވިޑީއޯއެއް ވެސް އާންމު ކޮށްފައި ވެއެވެ. އަދި ބުނީ އެ ވީޑިއޯއިން ފެންނަ މީހަކީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގެ ތަހުގީގަކަށް ހޯދާ މީހެއް ކަމަށެވެ. އަދި އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.

އާންމު ކޮށްފައިވާ ވިޑިއޯއިން ފެންނަނީ އުމުރުގެ އެމީހާ ހިނގާފައި ގޮސް ފިހާރައެއްގެ ކައިރުން ގަލެއް ނަގައި އެ ފިހާރައެއްގެ ބިއްލޫރި ދޮރުފަތުގައި ޖަހާ ބިއްލޫރިގަނޑު ތަޅާލާފައި ދާ ތަނެވެ. އެހެން އެއްވެސް ކަމެއް އޭނާ ނުކުރެ އެވެ.