ހަބަރު

ބިދޭސީއަކަށް ބިރު ދައްކާ ފޭރެން އުޅެފި

ފޭރެވެގެން ބަޔަކު ގޮސް ހަމަލާ ދިން ބިދޭސީ މީހާ މަގުމަތީގައި: އޭނާއަށް އަތައި ބުރަކަށީގެ ބައެއް ވަނީ ޒަަހަމްކޮށްލާފައި -- ފޮޓޯ: ފަޔާޒު މޫސާ
0%
0%
0%

މާލޭގެ މަގުމަތިން ބިދޭސީއަކަށް ބިރު ދައްކައި އޭނާގެ އަތުން ފައިސާ ފޭރެން އުޅުނު ބަަޔަކަށް އެކަން ކާމިޔާބު ނުވުމުން ހަމާދީ ޒަހަމްކޮށްލުމަށްފަހު ފިލައިގެން ގޮސްފި އެވެ. އެ މީހުން ހަމަލާ ދިނީ ވަޅިއަކުންނެވެ.

ފުލުހުން މިއަދު ބުނީ މާފަންނު ޝަހީދު އަލީ ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީ، ފޭރެން އުޅުނު މައްސަލައެއް މިއަދު މެންދުރު ރިޕޯޓް ކުރި ކަމަށެވެ.

އެ ސަރަހައްދަށް ފުލުހުން ގޮސް ބެލިއިރު، ބިދޭސީ މީހާގެ ކަނާތުގެ އިނގިއްޔަކާއި ބުރަކަށިން ބައެއް ތިލަކޮށް ޒަހަމްކޮށްލާފައިވާ ކަމަށެވެ. ފުލުހުން ދިޔައިރު ބިދޭސީ މީހާއަށް ހަމަލާ ދިން މީހުން އެ ތަން ދޫކޮށް ފިލައިފި އެވެ.

މި މައްސަލައިގެ ތުހުމަތަށް އަދި މީހަކު ހައްޔަރުކޮ ށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި، އެ ބިދޭސީ މީހާއަށް ބިރު ދައްކައިގެން ފައިސާ ފޭރެން އުޅުނީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހެކެވެ. އެ މީހުން ފިލައިގެން ދިޔައީ ސައިކަލްތައް ވެސް ދޫކޮށްލާފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345