ހަބަރު

ތިލަފުށީގައި ބޮޑު ކުރިމަތިލުމެއް، 133 ބިދޭސީއަކު ހައްޔަރުކޮށްފި

Jun 2, 2020
3
ކ. ތިލަފުށި: ބިދޭސީން ވަނީ ހަމަނުޖެހުން ހިންގާފައި
0%
0%
0%

ސިނާއީ ރަށެއް ކަމަށްވާ ތިލަފުށީގައި ބިދޭސީން ބޮޑު ހަމަނުޖެހުންތަކެއް ހިންގައި ފުލުހުން ކުރިމަތިލަމުން އެބަ ގެންދެ އެވެ.

ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން ކޮށްފައި އޮތް ތިލަފުށީގައި ތިބި ބިދޭސީން ހަމަނުޖެހުން ހިންގަން މެދުވެރި ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް މީގެކުރިން ވެސް އެމީހުން ވަނީ ތިލަފުށީގައި މުޒާހަރާތައް ކޮށްފަ އެވެ.

ފުލުހުން ބުނީ މިހާރު ތިލަފުށީގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި ކުރިމަތިލުންތަކުގައި ދެ ފުލުހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ.

ހަމަނުޖެހުންތައް އަދިވެސް ކޮންޓްރޯލްވެފައި ނުވާއިރު މިހާތަނަށް 133 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

ތިލަފުށީގައި ފުލުހަކު، ރަހީނުކޮށްފައި ހުރި ކަމަށް ވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް، ފުލުހުންގެ ތަރުޖަމާނު އެކަން ވަނީ ދޮގު ކުރައްވާފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345