ހަބަރު

ތިލަފުށީ ހަމަނުޖެހުން: ހަތް މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި

Jun 2, 2020
1
މާލެ އާއި ތިލަފުށި ފެންނަ އޭރިއަލް ފޮޓޯއެއް: ހަތް މީހުން ވަނީ ހައްޔަރުކޮށްފަ --
0%
0%
0%

ސިނާއީ ރަށެއް ކަމަށްވާ ތިލަފުށީގައި މިއަދު ބިދޭސީންތަކެއް ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ހަތް މީހުން ފިޔަވައި އެހެން މީހުން ދޫކޮށްލައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން ކޮށްފައި އޮތް ތިލަފުށީގައި ތިބި ބިދޭސީން ހަމަނުޖެހުން ހިންގަން މެދުވެރި ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް މީގެކުރިން ވެސް އެމީހުން ވަނީ ތިލަފުށީގައި މުޒާހަރާތައް ކޮށްފަ އެވެ.

ފުލުހުން ބުނީ މިހާރު ތިލަފުށީގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވާފައިވާ ކަމަށާއި ކުރިމަތިލުންތަކުގައި ދެ ފުލުހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ.

ހަމަނުޖެހުންތަކުގައި 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ހަތް ބިދޭސީން ކަމަށާއި އެހެން މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

ތިލަފުށީގައި ފުލުހަކު، ރަހީނުކޮށްފައި ހުރި ކަމަށް ވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް، ފުލުހުންގެ ތަރުޖަމާނު އެކަން ވަނީ ދޮގު ކުރައްވާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބޯގަޅި

ގާނޫނެއް ގަވައިދެއް އޮންނަ ބައެއް ނޫން ބަންގާޅު މީހުންނަކީ. އަހަރެމެން ގައުމުގައި އަހަރެމެންނަށް ވުރެ މާބާރު ގަދަ ކޮށް ގެން އެވެރިން އެއުޅެނީ. ނުވިތާކަށް ގާނޫން ތަންފީޒު ކުރަން ތިބި ފުލުހުންނަށް ވެސް ހަމަލާ ދޭން ފެށީ . ފުލުހުންގެ ފަރާތުން ތިޔަ އިއްޒަތްތެރި ބަންގްލާ ބޭފުޅަކަށް އަނިޔާވީ ނަމަ މުޅި ގައުމު ކެކިއަރާނެ ކަށަވަރު. މިއަދު ގައުމު މިދަނީ ނުބައި މިސްރާބަކަށް ޑިމޮކްރަސީ މިތަނަށް ގެނެސް ދިވެހިން ލަދު ހަޔާތް ކަނޑުވައި، ޒުވާނުންނަކީ ސިޔާސީ އެކްޓިވިސްޓުން ގޮތުގައި ޖޮބްލެސް ބަޔަކަށް ހަދާފި. ބިދޭސީންނަށް ވަޒީފާ ތައް ފަހި ވެއްޖ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345