އަލިފާން

ގެއެއްގެ ބަދިގޭގައި ރޯވެ ގެއްލުން ވެއްޖެ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުން ވެއްޖެ އެވެ. އެ އަލިފާނުގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ސިފައިން ބުނީ އަލިފާން ރޯވެފައި ވަނީ ހ. ކަވަލް ގެ ނުވަ ވަނަ ފަންގިފިލާގައި މިއަދު ހެނދުނު 8:47 އެހާކަންހާއިރު ކަމަށެވެ.

އަލިފާނުގެ އެ ހާދިސާގައި ނުވަވަނަ ފަންގިފިލާގެ ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. އެ އަލިފާން ރޯވާން މެދިވެރިވީ ބަދިގޭގެ ހުޑަށް ދިމާވި އިލެކްޓްރިކަލް މައްސަލައެއްގަ އެވެ.

ސިފައިންގެ ފަޔާ ޓީމު އެ ގެއަށް ދިޔ ނަމަވެސް ގޭގެ މީހުން ވަނީ އަލިފާން ނިއްވާލާފަ އެވެ.