އަލިފާން

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވާ އަންހެނަކު ފިހިއްޖެ

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން އަންހެނެއްގެ މޫނު ފިހިއްޖެ އެވެ.

މ. ދިލީވިލާގައި ހިނގި މި ހާދިސާގައި އަނިޔާވީ 33 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. ހާދިސާ ހިނގިކަމަށް ފުލުހުންނަށް ރިޕޯޓުކޮްފައިވަނީ މިއަދު ހެނދުނު 10:29 ގައެވެ.

ހާދިސާގައި މޫނު ފިހިގެން އަނިޔާވި އަންހެން މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ.

ގޭސްފުޅި ގޮވާފައިވަނީ ގޭސް ލީކުވަމުން ދަނިކޮށް އުދުން ރޯކުރުމުގެ ސަބަބުންނެވެ.

އެމްއެންޑީއެފް އިން މިވަގުތުވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.