އަލިފާން

ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް

ވިލިވަރު ރިސޯޓްގެ ބައެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.

އެމްއެންޑީއެފުން ބުނީ ވިލިވަރު ރިސޯޓްގައި މިއަދު ހެނދުނު އަލިފާން ރޯވެފައިވާތީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

ރޯވެފައި ވަނީ އެ ރިސޯޓުގެ ވަލުތެރޭގައި ޖަމާކޮށްފައި ހުރި ލަކުޑި ފުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.

ވިލިވަރު ރިސޯޓް 2020 ވަނަ އަހަރުގެ ކޮވިޑް ފެސިލިޓީއެއް ގޮތު ބޭނުން ކުރަމުން ދަނިކޮށް ވެސް އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެފަހަރު ރޯވީ މުދާ ލާފައިހުރި ކޮންޓެއިނާއެއްގަ އެވެ.