ނީލަން ފިހާރަ ސަރަހައްދުގައި ރޯވުން

އަލިފާން ރޯވި ސަރަހައްދުގައި މާސްކް އަޅަން އިލްތިމާސްކޮށްފި

މާލޭގެ ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެ އަނދައި ހުލިވެފައިވާއިރު އެ ސަރަހައްދުގައި އުޅޭއިރު މާސްކް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެ ސަރަހައްދުގައި އުޅޭއިރު އަނގައާއި ނޭފަތް ނިވާކުރުމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ. އަލިފާން ރޯވެ ވަރަށް ބޮޑަށް ދުންގަނޑު ފެތުރުނުއިރު ދުމުން ރައްކާތެރިވުމަށް ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

ދުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ އިތުރުން ހިތުގެ ބަލި ހުންނަ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެއްވެސް މީހަކަށް ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވެ، ގަދަޔަށް ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އެޗްޕިއޭއީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ނީލަން ފިހާރަ ސަރަހައްދުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު އެވެ.