ނީލަން ފިހާރަ ސަރަހައްދުގައި ރޯވުން

އަލިފާނުގައި 166 މުވައްޒަފުން ހާލުގައި ޖެހުނު

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް އިމާދުއްދީން ސްކޫލްގައި -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގައި ހުންނަ ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެ އެ ސަރަހައްދުގައި ހުރި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއް އަނދައި ހުލި ވުމުގެ ސަބަބުން ކައުންސިލްގެ 166 މުވައްޒަފުން ހާލުގައި ޖެހިއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާލުގައި ޖެހުނު މުވައްޒަފުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު އެ ކައުންސިލްގެ 166 މުވައްޒަފުން އިމާދުއްދީން ސްކޫލްގައި ތިބި ކަމަށެވެ.

އެކޮމޮޑޭޝަން ބްލޮކްތަކުގައި ދިރި އުޅެނީ ބަންގްލަދޭޝްގެ 165 މީހަކާ އިންޑިއާ މީހެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ މިހާރު އިމާދުއްދީނުގައި ތިބި މުވައްޒަފުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު އެވެ.

އަލިފާން ފެތުރި އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއް ވަނީ އަނދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910