އެމްއެންޑީއެފް

ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގައި ހުރި ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ރެޑްވޭވް ޕްލާޒާ ކައިރީގައި ހުރި ސައި ހޮޓަލެއްގަ އެވެ.

ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 11:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ ސަރަހައްދުން ވަރަށް ބޮޑަށް ދުން އަރަމުންދާއިރު ސިފައިން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.