އަލިފާން

ހެންވޭރު ގެއެއްގެ ބަދިގޭގައި ރޯވެއްޖެ

ހެންވޭރު ގެއެއްގައި ހުރި ބަދިގޭގައި ރޯވެފައި -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގެ ސޯސަން މަގު ކޮޅުގައި ހުންނަ ގާމަގު ކެފޭ މަތީ ހުރި ބަދިގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގާފައިވަނި މީގެ އިރުކޮޅެއް ކުރިން ހ. ދޫހިމެރިގޭގަ އެވެ.

އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން މިވަގުތު ދަނީ ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް އަލިފާންގަނޑު އަދި އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ.

ސަރަަހައްދުގައި ސިފައިން ހަރަކާތްތެރި ވަނީ -- ފޮޓޯ: އަވަސް

ސޯޝަލް މީޑިއާގަިއ ހުރި ފޮޓޯއާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުން ބޯވެފަ އެވެ.

މި އިމާރާތުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އަލިފާނުގެ ސަބަބުން އިމާރާތަށް ލިބުނު ގެއްލުމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910