މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލުތަކެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފި

ސައިކަލުތަކެއްގައި ރޯވެ އަނދަނީ -- ސޯޝަލް މީޑިއާ ވީޑީއޯ ސްކްރީންޝޮޓް
0%
0%
0%

މާލޭގައި ސައިކަލުތަކެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މިއަހެލި ގޯޅީގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 12:34 ހާއިރު އެވެ.

މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ފަސް ސައިކަލަކާއި ބައިސްކަލެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެ ސައިކަލުތަކުގައި އަލިފާން ރޯވުމުން އެ ސަރަހައްދުގައި ހުރި އެހެން ސައިކަލުތައް ދުރަށް ޖެއްސުމަށް ފުލުހުންނާއި އާންމުން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ސައިކަލުތަކުގައި ރޯވި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލޭގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެފަައިވާއިރު މެދުޒިޔާރަތް މަގު ހޮޓެލް ޖެން ކައިރީގައި ޕާކްކޮށްފައި ހުރި ސައިިކަލުތަކެއްގައި މިމަހު ވަނީ އަލިފާން ރޯކޮށްލާފަ އެވެ.

އެ މައްސަލައެއްގައި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ.

މި ހާދިސާގައި ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މީގެ ތެރެއިން ތިން ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910