އަލިފާން

މާލޭގެ ގެއެއްްގައި ރޯވެއްޖެ

މާލޭގެ މުއިވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ މ. ހުދުކަނީރު ގޭގެ ގުދަނެއްގަ އެވެ.

ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށާއި އަލިފާން ނިއްވުމަށް ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަލިފާން ރޯވެފަ ހުރީ ހާޑްވެއާ ސާމާނު ރައްކާ ގުދަނެއްގައި ކަމަށެވެ.

މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފަ އެވެ.