އަލިފާން

މާލޭ ގެއެއްގައި އަލިފާން ރޯވެ އަނދަނީ

މ. ރަބީއުވިލާގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

ކެނެރީ މަގުގައި ހުންނަ މިގޭގައި އަލިފާން ރޯވީ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ރަބީއުވިލާ ކައިރީގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުގައި މި ގޭގައި ދިރިއުޅެނީ ބިދޭސީންނެވެ. އެކަމަކު އެހެން ބައެއް މީހުން ބުނާ ގޮތުގައި އެ ގޭގައި އެއްވެސް ބަޔަކު މިހާރު ދިރިއުޅެމުން ނުދެ އެވެ.

ރަބީއުވިލާގައި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެ އެވެ.

އަލިފާނުގެ މިހާދިސާއާއި ގުޅިގެން ވަރަށް ބޮޑަށް އަލިފާން ރޯވި ނަމަވެސް އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެ އެވެ.

އަލިފާންގެ ހާދިސާ ހިނގި ސަރަހައްދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް މިވަގުތު އެބަހުންނެވި އެވެ.