ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެޗްއެމްއެފްގެ ވޮލެންޓިއަރުންނަށް ރައީސްގެ ޝުކުރު

ހުޅުމާލޭގައި ގާއި މްކޮށްފައިވާ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި މަސައްކަތްކުރި، އަދި ކުރާ ވޮލަންޓިއަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާ ކުރައްވައިފި އެވެ.

އެޗްއެމްއެފްގައި މަސައްކަތްކުރި ވޮލެންޓިއަރުންނަށް ޝުކުރު އަދާ ކުރައްވާ ރައީސް ސޯލިހް މިއަދު ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ކޮވިޑްގެ އެންމެ ދަތި އުނދަގޫ ހާލަތުގައި ވެސް ވޮލަންޓިއަރުން ސަރުކާރާ އެކީ ހިތްވަރާ އެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އެ މަސައްކަތަކަށް ހިތްޕުޅުގެ އެންމެ ފުނުން ޝުކުރު އަދާކުރައްވާ ކަމަށާއި އެ މަސައްކަތްތެރިންގެ ހިތްވަރުން ގައުމު ކޮވިޑްގެ ވަބާއިން އަރައިގަނެވެމުން އަންނަ ކަމަށެވެ.

ވޮލެންޓިއަރުންގެ މަސައްކަތަށް ގައުމު ޝުކުރުވާއިރު އެ ފަރާތްތަކުން ކޮށްދިން ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ ސިއްހީ ނިޒާމަށް ބާރު ބޮޑުވުމުގެ ސަބަބުން ސަރުކާރުން ވަނީ މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު ވޮލެންޓިއަރުން ހޯދަން އިއުލާނު ކޮށްފަ އެވެ. އެ ފުރުސަތުގައި 1000 އަށްވުރެ ގިނަ މީހުން ވޮލަންޓިއާ ހިދުމަތަށް ކުރިމަތިލި އެވެ. އެ ފުރުސަތުގައި ރައީސްގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހުމަދު ވެސް ވަނީ ހުޅުމާލޭ އެޗްއެމްއެފްގައި ވޮލަންޓިއަރެއްގެ ގޮތު ހިދުމަތްކޮށް ދެއްވާފަ އެވެ.