ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ތުރުކީން 20،000 ޑޯޒް ވެކްސިން ހަދިޔާކޮށްފި

ތުރުކީން ރާއްޖެއަށް ހިލޭ އެހީގެ ދަށުން 20،000 ޑޯޒް ވެކްސިން ހަދިޔާ ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ކެމްޕެއިނަށް ތުރުކީވިލާތުގެ ސަރުކާރުން 20،000 ޑޯޒް ކޮވިޑް ވެކްސިން ހަދިޔާ ކޮށްފައިވާ ކަމަށެވެ. ތުރުކީން ހަދިޔާ ކުރީ ސިނޮވެކް ވެކްސިން އެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖެގައި ޖެހުމަށް މޯލްޑިވްސް ފުޑް އެންޓް ޑްރަގް އޮތޯރިޓީން މިހާތަނަށް ހުއްދަ ދީފައިވަނީ ފަސް ވެކްސިނަކަށެވެ. އެއީ ކޮވިޝީލްޑް، ސިނަޕޯމް، ފައިޒާ، އެކްސްޓްރަޒެނަކާ އަދި ސިނޯ ވެކްސިނަށެވެ.

ތުރުކީން މިއަދު ރާއްޖެއަށް ހަދިޔާކުރި ސިނޮވެކް ވެކްސިނަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދޭނެ ވަކި ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 397،504 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 369،551 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. ބޫސްޓާ ޑޯޒް 62،402 މީހަކު ޖަހާފައި ވެއެވެ.