އެސްޓީއޯ

ބޮޑެތި އިނާމާއެކު އެސްޓީއޯގެ "މަ އެންމެ ބޭނުމީ" ސޭލް ފަށައިފި

Nov 15, 2015

"މަ އެންމެ ބޭނުމީ" ގެ ނަމުގައި އެސްޓީއޯއިން މި އަހަރުގެ އިޔާ އެންޑް ސޭލް ފަށައިފި އެވެ. އަހަރީ ސޭލް ކުރިއަށްދާނީ އެސްޓީއޯ ހޯމްއިންޕްރޫވްމަންޓާއި މިއަދުން ފެށިގެން ޖެނުއަރީ 15 އަށެވެ. އަދި ސުޕަމާޓްގައި މިއަދު ފެށިގެން ޑިސެމްބަރު 31 އހަރުގެ ނިޔަަލަށެވެ.

މިސޭލް އެސްޓީއޯ ރީޖަނަލް 13 އައުޓްލެޓެއްގައި ކުރިއަށްދާނެއެވެ. މި ސޭލްގައި ބޮޑެތި ޑިސްކައުންޓްތަކާއި ބޮޑެތި އިނާމްތައް ހިމަނާފައި ވެއެވެ. މި ސޭލްގައި އެސްޓީއޯ ހޯމްއިންޕްރޫވްމަންޓްއިން 2000ރ އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވަގުތުން އިނާމެއް ލިބުމުގެ ފުރުސަތު ލިބެއެވެ. އަދި އެސްޓީއޯ ސުޕަމާޓް އަދި ރީޖަނަލް އައުޓްލެޓް ތަކުން ކޮންމެ ހަފުތާއަކު އަގުހުރި އިނާމް ތަކެއް ހުށައެޅިފައިވާ ވީކްލީ ވިނާ އެއްވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ ސޭލްއެކޭ އެއްގޮތަށް މި އަހަރުގެ މި ސޭލްގައިވެސް ހޯމްއިންޕްރޫވްމަންޓް 1000ރ. އިން މަތީގެ ވިޔަފާރި ކުރައްވައިގެން އަދި އެސްޓީއޯ ސުޕަމާޓް އިން 350ރ. ގެ ވިޔަފާރި ކުރައްވައިގެން ލަކީޑްރޯގައި ބައިވެރިވެވޭ ކޫޕަން ލިބިވަޑައިގަންނަވާނެއެވެ.

މި ސޭލްގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ނަސީބުވެރި 10 ފަރާތަކަށް ވަރަށް އަގުހުރި އިނާމްތަކެއް ހުށައެޅިފައިވެއެވެ. އެގޮތުން އެއްވަނަ އިނާމަކަށް ޓުއަލޮޖީގެ ފަރާތުން ހުށައަޅުއްވާފައިވާ ދެމީހަކަށް ޑުބާއީ ޓްރިޕް ޕެކޭޖް ، ދެވަނަ އިނާމަކަށް ދަމާސް ކޮންޕެނީގެ ފަރާތުން ހުށައަޅުއްވާފައިވާ ބެޑްރޫމް ސެޓް ، ތިންވަނަ އިނާމެއްގެ ގޮތުގައި ފިލިޕްސް ޑިޒައިން ލައިން 46 އިންޗީގެ ސްމާޓް ޓީވީ އަދި ހަތަރު ވަނަ އިނާމަކަށް ދެ މީހަކަށް ރިސޯޓް ޓްރިޕް ޕެކޭޖްއެއް ހިމެނެ އެވެ. އިތުރު އިނާމް ތަކުގެ ތެރޭގައި ސެމްސަންގް މޮބައިލް ފޯނާއި، ސެމްސަންގް ޓެބްލެޓް ، ފިލިޕްސް އެންޑްރޮއިޑް ބޮކްސް އަދި ފިލިޕްސް އެއަރ ފްރަޔާ ހިމެނެ އެވެ.

މި ޕްރޮމޯޝަން ތެރޭގައި ގަންނ ވަކި ޕްރޮޑަކްޓްސް ތަކަކަށް ބޮޑެތި ޑިސްކައުންޓް ތަަކާއިއެކު ޙާއްސަ އިނާމް ތަކެއްވެސް ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން ގަންނ ކޮންމެ ފިލިޕްސް އެއާފްރަޔާ އާއިއެކު ހިލޭ ބްލެންޑަރަކާއި ޓޯސްޓަރެއް ލިބެ އެވެ. ނިޕޯން ޕެއިންޓްއިން 3000ރ. ގެ ވިޔަފާރި ކޮށްގެން ވަގުތުން ލިބޭ ގިފްޓް ޕެކްއެއް އަދި ހިޓާޗީއިން 10000ރ. ވިޔަފާރި ކޮށްގެން ވަގުތުން ލިބޭ ގިފްޓް ޕެކްއެއް ހިމެނެއެވެ. މި ޕްރޮމޯޝަން ތެރޭގައި ޕްރޮޑަކްޓް ޑެމޯންސްޓްރޭޝަން އަދި ފްރީ ޓޭސްޓިން ސެޝަންތަށް އެސްޓީއޯ ހޯމްއިންޕްރޫވްމަންޓް ، ސުޕަމާޓް އަދި އެސްޓީއޯ ރީޖަނަލް އައުޓްލެޓް ތަކުގައި ކުރިޔަށް ދާނެއެވެ.