އެސްޓީއޯ

އެސްޓީއޯގެ ވީކެންޑް ފިއެސްޓާ ފަށައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދަ މަހާއި ދިމާކޮށް ވީކެންޑް ފިއެސްޓާގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިިފި އެވެ.

މިއީ އެސްޓީއޯ އިން ރަމަޒާން ބާޒާރާއި ގުޅުވައިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި، ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕަލައަންސް ގަތުމަށް ހޭދަކުރައްވާ ކޮންމެ 1000 ރުފިޔާއަކާއެކު އިނާމެއް ލިބިވަޑައިގަތުމުގެ ފުރުސަތު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ވީކެންޑް ފިއެސްޓާގައި ހާއްސަ ޑިސްކައުޓްތަކެއް ލިބޭނެ އެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރެކްލީސް ކުރައްވައިގެން ވިޔަފާރިކުރާ ފަރާތްތަކުންވެސް މި ފިއެސްޓާގެ ތެރެއިން ހާއްސަ ޑިސްކައުންޓެއް ދެމުން ގެންދާނެ އެވެ.

އެސްޓީއޯއިން ރެކްލީސް ކުރައްވައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރޭގައި އެސްޓާސް އާއި ނޯޓް ކޮސްމެޓިކްސް ހިމެނެ އެވެ.

ބޮޑެތި އިނާމުތަކަކާ އެކީ އެސްޓީއޯގެ މި އަހަރުގެ ރަމަޒާން ބާޒާރު ފަށާފައިވަނީ ޖެނުއަރީ މަހު އެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެ އެވެ.