އެސްޓީއޯ

ބޮޑެތި އިނާމުތަކަކާއިއެކު އެސްޓީއޯ ރޯދަ ސޭލް ފަށައިފި

އެސްޓީއޯ ރަމަޒާން ބާޒާރު ފެއްޓުމަށް ޕީޕަލްސް ޗޮއިސްގައި ބޭއްވި ހަރަކާތުގެ ތެރެއިން. -- ފޮޓޯ: އަވަސް
0%
0%
0%

ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެސްޓީއޯ ރަމަޒާން ބާޒާރު މިއަހަރުވެސް ފަށައިފި އެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ރަސްމީކޮށް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުގަ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މިއަހަރު ދޫކުރާނީ ތިމާވެއްޓައް ގެއްލުން ނުވާ ޑިޖިޓަލް ކޫޕަނެއް ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ރަމަޒާން ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކުގެ ތެރެއިން އެއްވަނަ ފަރާތަށް ދެ ބޭފުޅުންގެ އުމުރާ ދަތުރެއް ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.

މިއަހަރުގެ ރަމަޒާން ޕްރޮމޯޝަންގައިވެސް ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345