އެސްޓީއޯއިން އަހަރު ނިންމާލުމުގެ ގޮތުން "އިޔާ އެންޑް ސޭލް"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން 500 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ލިބިގެން ދާނެ އެވެ. އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގައި ޖުމުލަ ތިން ފަރާތަކަށް އިނާމު ލިބިގެން ދާނެ އެވެ.
އެސްޓީއޯގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މިއަހަރުގެ ނިޔަލަށެވެ.
އިޔާ އެންޑް ސޭލް ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ ފަރާތަކަށް 65 އިންޗީގެ ޓީވީއަކާއި ސައުންޑް ސިސްޓަމެއްގެ އިތުރުން ފްރިޖެއްވެސް ލިބެ އެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް ލިބިގެންދާނީ 15،000 ރުފިޔާގެ ގިފްޓް ވައުޗާ އެކެވެ. ތިންވަނަ ފަރާތަކަށް ލިބޭ އިނާމަކީ 5،000 ރުފިޔާގެ ގިފްޓް ވައުޗާ އެކެވެ.
އިނާމުގެ ގޮތުގައި ލިބޭ ގިފްޓް ވައުޗާ ބޭނުންކޮށްގެން އެސްޓީއޯއިން ވިޔަފާރި ކުރެވޭނެ އެވެ.
މިވަގުތު އެސްޓީއޯގައި "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ވޯލަޑް ކަޕަށް ހާއްސަ ޕްރޮމޯޝަނެއް އަދި "މަގޭ ހިޔާ"ގެ ނަމުގައި ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއްވެސް ދަނީ ކުރިއަށެވެ.
މީގެ އިތުރުން އެސްޓީއޯގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް 80 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ.