ހިޔާ މަޝްރޫއު

ހިޔާ ފްލެޓަށް އެސްޓީއޯއިން ޕްރޮމޯޝަނެއް

Jul 1, 2021

"ހިޔާ ފްލެޓާއި" ސަރުކާރުގެ މަޝްރޫއު ތަކުން ފްލެޓް ލިބިފައިވާ މީހުނަށް ހާއްސަކޮށް މުދާ ވިއްކާ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި އެވެ.

ކޮންސްޓްރަކްޝަން ސާމާނާއި ހޯމް އިމްޕްރޫވްމަންޓް ސާމާނު ވިއްކާ އެސްޓީއޯ އިން ބުނީ "މަގޭ ހިޔާ" ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި ތަފާތު ތިން ޕެކޭޖެއްގެ ތެރެއިން ތަކެތި ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު މި ޕްރޮމޯޝަނުން ވިޔަފާރި ކުރާ ފަރާތްތަކަށް އިނާމު ތަކެއް ވެސް ދޭނެ އެވެ.

ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ފްލެޓް ލިބިފައިވާ ކަމުގެ ލިޔުން އަދި ފްލެޓް ލިބުނު ފަރާތުގެ އަިއޑީކާޑު ހުށަހަޅައިގެނެވެ.

"މަގޭ ހިޔާ" ޕްރޮމޯޝަނުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ، އަދި ދެވަނަ އަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. މީގެ އިތުރުން ތިންވަނަ އަށް ހޮވޭ ފަރާތަށް ކަނޑައަޅާފައިވަނީ 5،000 ރުފިޔާގެ ވައުޗަރެއް ލިބޭނެ އެވެ. މި ވައުޗަރު ގެ ބޭނުންކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ތަކެތި ގަނެވޭނެ އެވެ.

މި ޕްރޮމޯޝަން ފަރުމާ ކޮށްފައި ވަނީ މި ޕްރޮމޯޝަންގައި ބައިވެރިވެވޭ ގޮތަށެވެ. މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ނެގޭ ގޮތަށެވެ. މި ޕްރޮމޯޝަންގެ ދަށުން ގަންނަ ތަކެތި ގެއަށް ގެންގޮސްދޭނެ އެވެ.