އެސްޓީއޯ

"ނިޕޯން ޕެއިންޓް"ގެ ހާއްސަ ޕްރޮމޯޝަނެއް ހުޅުމާލެ ޝޯރޫމްގައި

ގައުމީ ދުވަހާ ގުޅުވައިގެން އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ނިޕޯން ކުލައިގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ އިން ހާމަކުރި ގޮތުގައި އިއްޔެ ފެށި މި ޕްރޮމޯޝަން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވްރޫމް އިން ލިބޭނެ ހާއްސަ ފުރުސަތެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މިގޮތުން މިޕްރޮމޯޝަންގެ ދަށުން ނިޕޯން ޕެއިންޓްތަކުން 10 ޕަސެންޓްގެ ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލާ އަދި ބުރުސް ފަދަ ކުލަލުމުގެ ސާމާނުން 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައެވެ.

މި ފިހާރައިން ކޮންސްޓްރަކްޝަންއާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ގަންނަން ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.