މޯލްޑިވިއަން

މޯލްޑިވިއަންގެ މަތިންދާބޯޓެއް އޮސްޓްރޭލިއާއަށް ވިއްކާލައިފި

މޯލްޑިވިއަން އިން ބޭނުންކުރި ޑޭޝް 8-300 މަތިންދާ ބޯޓު އޮސްޓްރޭލިއާއަށް ވިއްކާލައިފި އެވެ.

މޯލްޑިވިއަން އިން ވިއްކާލި ބޯޓު ދިގު ދަތުރެއް ކުރުމަށްފަހު އޮސްޓްރޭލިއާގެ ޕާތުއަށް މިހާރު ވަނީ ލޭންޑްކޮށްފަ އެވެ.

މި ބޯޓު ވިއްކާލީ މޯލްޑިވިއަން އިން އޭޓީއާރް މަތިންދާބޯޓުތަކެއް ގަންނަން ބޭނުންވާތީ ވިއްކާލި ފުރަތަމަ ބޯޓުގެ ގޮތުގައެވެ.

މޯލްޑިވިއަން އިން ވިއްކާލި ބޯޓަކީ 2015 ވަނަ އަހަރު ރާއްޖެއަށް ގެނައި ބޯޓެކެވެ. އޭރު އެ ބޯޓަކީ މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރެވުނު އަށްވަނަ ޑޭޝް8 މަތިންދާބޯޓެވެ.

މޯލްޑިވިއަން ވިއްކާލި ބޯޓުގެ ރަޖިސްޓަރީވެސް އޮސްޓްރޭލިއާގެ ރަޖިސްޓްރީއަށް ބަދަލުކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މޯލްޑިވިއަން އިން ވަނީ އެ ކުންފުނީގެ ޑޭޝް8 މަތިންދާބޯޓުތައް އޭޓީއާރް މަތިންދާ ބޯޓުތަކަށް ބަދަލުކުރަން ނިންމާފަ އެވެ.