ދުނިޔެ

އީރާނުގައި ބުރުގާ ނާޅާ ކާރުދުއްވާ އަންހެނުން ޖޫރިމަނާކޮށް ކާރު ހިފަހައްޓަނީ

އިރާނުގެ އަންހެނަކު ކާރެއްގައި: ބުރުގާ ނާޅާ ކާރު ދުއްވާ މީހުން ޖޫރިމަނާ ކުރާނެ
0%
0%
0%

ބުރުގާ ނާޅާ ކާރުދުއްވާ އަންހެނުން ޖޫރިމަނާކޮށް ހަފްތާއަކަށް އެފަރާތްތަކުގެ ކާރު ހިފަހައްޓާނެ ކަމަށް އީރާނުގެ ފުލުހުން އިއްޔެ ބުނެފިއެވެ.

މިދިޔަ ހަފްތާގައި އެކަނިވެސް ފުލުހުންވަނީ "މުޖްތަމައުގެ އާންމު އުސޫލުތަކާ ހިލާފުވެގެން" 10،000 މީހަކަށް އިންޒާރުކޮށްފައެވެ. އަދި މި މުއްދަތުގައި އިތުރު 30،000 މީހަކާމެދު މިފަދަ މައްސަލަތަކުގައި އިތުރު ފިޔަވަޅުތައް އަޅާފައިވެއެވެ. ބުރުގާ ނާޅާ ކާރު ދުއްވާ އަންހެނުން ޖޫރިމަނާ ކުރުމާއި ކާރު އަތުލުމުގެ ގަވައިދު އަދި ތަންފީޒެއް ނުކުރެއެވެ.

އީރާނު ފުލުހުން ބުނީ ބުރުގާ ނާޅާ އަންހެނުންނާ މެދު މި ފިޔަވަޅުތައް އެޅުމުގެ ބާރު ޓްރެފިކް ފުލުހުންނަށް ޕްރޮސެކިއުޓާ ޖެރެނެރަލް ދީފައިވާ ކަމަށާއި އިތުރު މައްސަލައެއް ކުރިމަތި ވެއްޖެ ނަމަ ފިޔަވަޅު އަޅާނީ ކޯޓުތައް މެދުވެރިކޮށް ކަމަށެވެ.

އީރާނުގެ މަގުތަކުގައި އެގައުމުގެ އަންހެނުންނާއި ގައުމަށް ޒިޔާރަތްކުރާ އަންހެނުންވެސް ބުރުގާ އަޅަން ޖެހެއެވެ. އަދި އިސްލާމީ އުސޫލުތަކާ ހިލާފު ހެދުމެއް އަޅައިގެން މަގުތަކުގައު އުޅުމަކީ އަދަބު ލިބޭ ކުށެކެވެ. މި އުސޫލާ ހިލާފުވާ ފަރާތްތައް ދެނެގަނެ މަގުތައް އަމާން ތަނަކަށް ހެދުމަށް ފުލުހުންގެ އިތުރުން އާންމުންގެ ތެރޭން ފުލުހުންނަށް އިތުބާރު ކުރެވޭ ހާއްސަ ބަޔަކުވެސް އެގައުމުގައި ތިބެއެވެ.

އީރާނުގެ މަގުތަކުގައި ކަނޑައެޅިފައި އޮންނަ ސްޕީޑް ލިމިޓަށް އިހުތިރާމް ނުކުރާ "މުއްސަނދި ޒުވާނުން" ގެ ސަބަބުން މަގުތަކުގެ އަމާންކަން ގެއްލޭކަމަށް އެގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއީ ވަނީ މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910