އެމްޑީޕީ

ކުޑަކުދިންނާބެހޭ މީހުންގެ ދަފުތަރު ނެރުމުން އެމްޑީޕީ މަރުހަބާ ކިޔައިފި

Nov 17, 2015

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ހާއްސަ ދަފުތަރު އެކުލަވައިލާ އާންމު ކުރުމުން އެމްޑީޕީން މަރުހަބާ ކިޔައިފި އެވެ.

އެ ޕާޓީން މިއަދު ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނަށް 2009 ވަނަ އަހަރު ޢަމަލުކުރާން ފެށުމާއެކު އެ ގާނޫނުގެ 57 ވަނަ މާއްދާގައި ކުށްވެރިންގެ ދަފްތަރެއް ޝާއިއުކުރުމަށް ލާޒިމްކޮށްފައިވާ ފަދައިން އިއްޔެ އެ ދަފްތަރު އެކުލަވާލައި ޢާންމުކޮށްފައިވާތީ މަރުހަބަ ކިޔާ ކަމަށާއި އެއީ އެޅި މުހިންމު ފިޔަވަޅެއް ކަމަށް ދެކޭ ކަމަށެވެ.

"ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ގުޅޭ އެކިއެކި މައްސަލަތައް މިއަދު ފެންމަތިވަމުން އަންނައިރު، މި ދަފްތަރު އެކުލަވާލުމަކީ މިފަދަ އަނިޔާއިން ކުޑަކުދިންނާ ޢާއިލާތަކަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމުގައި އެމްޑީޕީން ޤަބޫލު ކުރަމެވެ." އެމްޑީޕީގެ ވެބްސައިޓްގައި ވެއެވެ.

އިއްޔެ އާންމު ކުރި ދަފްތަރާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަކީ މުހިއްމުކަމެެއް ކަމަށް ދެކޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.