އެމްޑީޕީ

ބްރިޖުން މާލެ ސަރަހައްދަށާއި އިގްތިސޯދަށް ބޮޑު ކުރިއެރުން އަންނާނެ: އެމްޑީޕީ

Nov 17, 2015
13
  • އެމްޑީޕީ ކަންބޮޑުވާ ކަންކަން ރައީސަށް ހުށަހަޅައިފި
  • ހިޔާނާތް ނުހިމެނޭ ގޮތަށް ގެންދަން އެމްޑީޕީން އެދުނު

މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖަކީ މުޅި މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއިން ބޮޑު ލުޔެއް ލިބި، އިގްތިސޯދަށް ނުހަނު ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ބިޔަ މަޝްރޫއެއް ކަމަށް އެމްޑީޕީން ބުނެފި އެވެ. އަދި ބްރިޖް މަޝްރޫއުގެ މުހިންމު ކަމަށް އިޝާރާތް ކޮށް، ބްރިޖްގެ މަޝްރޫއާ ގުޅިގެން އެ ޕާޓީން ކަންބޮޑުވާ ކަންކަން ފާހަގަކޮށް ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ވެބްސައިޓްގައި ބުނެފައި ވަނީ ބްރިޖް މަޝްރޫއާ ގުޅިގެން އެޕާޓީނ ކަން ބޮޑުވާ ކަންކަން ފާހަގަކޮށް ރައީސް ޔާމީނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އެ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވާނީ ބްރިޖްގެ މަސައްކަތް ހަވާލު ކުރި ޗައިނާގެ ސީސީސީސީ އިން 2009 އަހަރު ފިލިޕީންސްގެ ނޭޝަނަލް ރޯޑްސް އިމްޕްރޫވްމެންޓް އެންޑް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ފުރަތަމަ ފޭސްގައި މަކަރާ ހީލަތް ހެދުމުގެ މައްސަލައެއްގައި ވޯލްޑް ބޭންކުން 2017 ވަނަ އަހަރާ ހަމައަށް ބްލެކްލިސްޓް ކޮށްފައިވާ ކުންފުންޏެއްކަމަށް ވޯލްޑް ބޭންކުގެ ސައިޓުގައި ފާހަގަކޮށްފައިވާ މައްސަލައަށާއި މި މަޝްރޫގައި ކޮރަޕްޝަންގެ އަމަލެއް ހިނގައިފައި ހުރެދާނެތީ ކަމަށެވެ.

އެމްޑީޕީން ބުނެފައި ވަނީ މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖަކީ މުޅި މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއިން ބޮޑު ލުޔެއް ލިބި، އިގްތިސޯދަށް ނުހަނު ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ބިޔަ މަޝްރޫއެއް ކަމަށެވެ.

އަދި ބުނެފައި ވަނީ ރާއްޖޭގެ ދުރުރާސްތާގެ ތަރައްގީ ގުޅިފައިހުންނަ މަޝްރޫއުތަކަކީ ދެފުށް ފެންނަ ވީހާވެސް ހާމަކަން ބޮޑު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އުސޫލުން ހިންގޭ ކަންކަމަށް ވާންޖެހޭނެ ކަމަށް އެމްޑީޕީން ދެކޭ ކަމަށާއި ވޯރލްޑް ބޭންކް ފަދަ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި އަގުނުކުރެވޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ގައުމުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވި ބްލެކް ލިސްޓްކުރެވިފައިވާ ކުންފުންޏަކާއި ބްރިޖު މަޝްރޫޢު ހަވާލުކުރުމުން ރައްޔިތުންނަށާއި ރާއްޖެއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި އިތުބާރު އިތުރަށް ގެއްލިގެންދާނެ ކަމެއްކަމަށް ދެކޭ ކަމަށެވެ.