ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

"ވިޔަފާރި ދިރުން" ލޯނަށް ފުރުސަތު ހުޅުވާލައިފި

"ވިޔަފާރި ދިރުން" ލޯނަށް އެދެން ފުރުސަތު ހުޅުވާލައިފި އެވެ.

ކޮވިޑް ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ދަށުން ތައާރަފު ކޮށްފައިވާ މި ލޯނު "ވިޔަފާރި ދިރު" މަކީ ކޮވިޑްގެ ސަބަބުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ހޯދައިދީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއަރުވަން ތައާރަފު ކުރި ލޯނެކެވެ. މިއީ ސަރުކާރާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ދޭ ލޯނެކެވެ.

ލޯނަށް ހުޅުވާލާފައި ވަނީ އެކި ވިޔަފާރިތަކަށް ބައިބަޔަށެވެ. ކޮންމެ ބާވަތެއްގެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ލޯނަށް އެދުމުގެ ފުރުސަތު ދޭ އުސޫލުންނެވެ. އެގޮތުން ފުރަތަމަ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ދެނީ މިހާރު ހިނގަމުންދާ ކެފޭ /ރެސްޓޯރެންޓް، ޖިމާއި ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ތަކަށެވެ.

ތިން ޕެކޭޖެއްގައި ލޯނު ދޫކުރާނެ

  • ޕެކޭޖް 1: ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދިނުން
  • ޕެކޭޖް 2: މިހާރު ހިނގާ ޕްރޮޖެކްޓްތައް ނިންމަން ފައިސާގެ އެހީ ދިނުން
  • ޕެކޭޖް 3: ދެމެހެއްޓެނިވި ގޮތަށް ވިޔަފާރި ޑައިވަސިފައިކޮށް ލޯނު ނުލައި ވިޔަފާރި ލަފާ ދިނުން

މި ލޯނު އަނބުރާ ދައްކަން ޖެހޭނީ ހަ ޕަސެންޓްގެ އިންޓަރެސްޓާ އެކު އަށް އަހަރުންނެވެ. ލޯނުގެ ގްރޭސްޕީރިއަޑަކީ އެއް އަހަރާއި ދެ އަހަރުގެ އަހަރުގެ މުއްދަތެކެވެ.

"ވިޔަފާރި ދިރުން" ލޯނަށް ހުށައެޅުމުގެ ފުރުސަތު މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. ލޯނަށް އެދެވޭނީ އެސްޑީއެފްސީގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. ލޯނާއި ބެހޭ އިތުރު ތަފްސީލު އެކޯޕަރޭޝަނުގެ ވެބްސައިޓް ން ލިބޭނެ އެވެ.