ރައްޔިތުންގެ މަޖިލިސް

ދައުރުގެ ފަހު ޖަލްސާ މާދަމާ 2 ޖަހާއިރު

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މާދަމާ މެންދުރު 2:00 ގައި ބާއްވަން ނިންމާ އެކަން މެންބަރުންނަށް އަންގައިިފި އެވެ.

މާދަމާ އޮންނާނީ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ އެވެ.

މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ ނޯޓިސްގައި ބުނެފައި ވަނީ މަޖިލީހުގެ މި ދައުރުގެ 21 ވަނަ ޖަލްސާ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޖަލްސާ އޮންނާނީ މެންދުރު 2:00 ގައި ކަމަށްވެސް ނޯޓިސްގައި ވެއެވެ.

އެ ނޯޓިސްގައި ބުނެފަައި ވަނީ މާދަމާގެ ޖަލްސާގެ އެޖެންޑާ ފަހުން ފޮނުވާނެ ކަމަށެވެ.