ހޮލީވުޑް

ދަ ވިޗާ: ދެވަނަ ސީޒންގެ ޓްރެއިލާ ދައްްކާލާފި

ނެޓްފްލިކްސްގެ އުފެއްދުމެއް ކަމަށްވާ "ދަ ވިޗާ" ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ނެރެފި އެވެ.

މި ޓްރެއިލާގައި ކުރީގައި މި ސީރީޒްގައި އުޅުނު މަޝްހޫރު ތަރިންގެ އިތުރުން އާ ބަޔަކު ވެސް ދައްކާލާފައި ވެއެވެ. އަދި ކުރިން ދައްކާ ލާފައިވާ ޓީޒާ ތަކާއި ހިލާފަށް މިފަހަރު ނެރުނު މި ޓްރެއިލާއިން ދެވަނަ ސީޒަނާބެހޭ ގިނަ މައުލޫމާތު ތަކެއް ވެސް ދައްކާލަ އެވެ.

ވިޗާގެ ދެވަނަ ސީޒަން ފެށެނީ ފުރަތަމަ ސީޒަން ނިމުނު ހިސާބުން ކަމަށް ނެޓްފްލިކްސްއިން ވަނީ ކަށަވަރުކޮށް ދީފަ އެވެ. އަދި ޓްރެއިލާއިން ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ކެރެކްޓާ ގެރަލްޓް، ސިރިލާ އަދި ޔެނިފާ ފެނިގެން ގޮސްފައިވެ އެވެ.

"ދަ ވިޗާ" ސީޒަން ދޭއްގެ ޓްރެއިލާ

މި ޓްރެއިލާ ދައްކާލާފައި ވަނީ ނެޓްފްލިކްސް އާއި ސީޑީ ޕްރޮޖެކްޓް ރެޑް ގުޅިގެން ކުރިއަށް ގެންދިޔަ "ވިޗާ-ކޮން" އިވެންޓްގެ ތެރެއިންނެވެ. އަދި ޓްރެއިލާގެ ކުރިން ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ވިޗާގެ ދެވަނަ ސީޒަން ނެޓްފްލިކްސްގައި ޕްރިމިއާ ކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

މި އިވެންޓްގެ ތެރެއިން ވަނީ "ދަ ވިޗާ" ގެ ޕްރީކުއަލް ޝޯއެއް ވެސް އިއުލާން ކޮށްފަ އެވެ. "ދަ ވިޗާ: ނައިޓްމެއާ އޮފް ދަ ވުލްފް" ކިޔާ މި އެނިމޭޓެޑް ސީރީޒް އޮގަސްޓް 23 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާ ކުރާނެ އެވެ.