ޖެނިފާ ލޯޕޭޒް

ބެން އާއި ޖެނިފާގެ ކައިވެނި ރޫޅާލުމަށް ކޯޓަށް ހުށަހަޅައިފި

ބެން އެފްލެކް އާއި ޖެނިފާ ލޯޕޭޒް
0%
0%
0%

ބެން އެފްލެކްގެ ކައިރިން ވަރިވުމަށް ޖެނިފާ ލޯޕޭޒް ލޮސް އެންޖެލިސްގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފި އެވެ.

ހޮލީވުޑްގެ އެންމެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ ބެން އާއި ޖެނިފާ ކައިވެނި ކުރީ ޖުލައި 18، 2022 ގައެވެ.

ބެންއާއި ޖެނިފާގެ ކައިވެނި ރޫޅާލަން ނިންމާފައި މިވަނީ މި ދެ މީހުން ވަކިވެފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓްކުރިތާ ދުވަސްތަކެއް ފަހުންނެވެ.

މި ދެ މީހުން ކައިވެނިކޮށްގެން ދިރިއުޅުމަށް އެމެރިކާގެ ކެލިފޯނިގެ ބެވެލީ ހިލްސް އިން ގަނެފައިވާ ގެ ވެސް ވިއްކާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޖެނިފާ އާއި ބެން 2022 ވަނަ އަހަރު ކައިވެނި ކުރުމުގެ ކުރިންވެސް މި ދެ މީހުން ރަށްޓެހިވެގެން އުޅެފައި ވަކިވި އެވެ. އަދި އޭރު ވަކިވުމަށްފަހު ދެ މީހުންވެސް އެހެން މީހުންނާ ކައިވެނިކޮށްގެން ދަރިން ހޯދި އެވެ.

ބެންއާއި ޖެނިފާ މީގެ ދެ އަހަރު ކުރިން ކައިވެނި ކުރި ނަމަވެސް މި ގުޅުމަށް އެއްވެސް ކުއްޖަކު ލިބިފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910