ރައީސް އޮފީސް

ޖުލައި 18 އާއި 25 ބަންދުކޮށްފި

ޖުލައި މަހުގެ 18ވާ އާދިއްތަ ދުވަހާއި 25 ވާ އާދިއްތަ ދުވަހަކީ ސަަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ 2021 ވަނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދެ ދުވަސް ކަނޑައަޅާ އެކަން ރައީސް ސޯލިހް ނިންމަވާފައިވާ ކަަމަށެވެ. ކަލަންޑަރު ބުނާ ގޮތުން ޖުލައި 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އެއީ ރަސްމީ ބަންދު ދުވަހެކެވެ. އަދި 20 ވަނަ ދުވަހަކީ އަލްހާ އީދު ދުވަހެވެ. އޭގެ ފަހަށް ތިން ދުވަސް އެއީ އީދުގެ މުނާސަބަތުގައި ބަންދު ދުވަސްތަކެކެވެ. އެހެން ކަމުން ރަސްމީ ދުވަހަކަށް ވަނީ ޖުލައި 18 އާދިއްތަ އެކަންޏެވެ.

މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސްކަމުން އެ ދުވަސްވެސް އެއީ ބަންދު ދުވަހެކެވެ. 27 ދުވަސް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. ޖުލައި 18 އާއި 25 ބަންދު ކުރީ ޗުއްޓީގައި ތިއްބި މީހުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުންނެވެ.