ފޯކައިދޫ

ފޯކައިދޫ މޮނިޓަރިން އަށް ގެންގޮސްފި

Jul 13, 2021

ށ. ފޯކައިދޫން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިން އަށް ގެންގޮސްފި އެވެ.

ފޯކައިދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ސާމްޕަލް އިއްޔެ ލިބުމާ އެކު ރޭގެ ވަގުތެއްގައި އެ ރަށް މޮނިޓަރިން އަށް ގެންގޮސްފައިވާ އެވެ.

ކޮވިޑްގެ މި ކޭސްއާ ގުޅިގެން އެރަށުގެ 33 ގެއަކަށް ވަނުން މަނާކޮށް 66 މީހަކު ވަނީ ކަރަންޓީންކޮށްފަ އެވެ.

މީގެއިތުރުން ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ޔަގީންކުރުމަށްޓަކައި މިރޭ 46 ސާމްޕަލެއް ނެގުމަށްވެސް ވަނީ ނިންމާފަ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު 20 ރަށެއް އޮތީ މޮނިޓަރިންގަ އެވެ.

ރާއްޖެއިން އިތުރު 91 މީހަކު އިއްޔެ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެ އަދަދާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 75،162 އަށް އަރާފަ އެވެ.