އެޗްއައިވީ އޭޑްސް

މިއަހަރު އެކަނި ހަ މީހަކަށް އެއިޑްސް ޖެހިއްޖެ

Dec 2, 2024

ރާއްޖޭގައި މިއަހަރު އެކަނިވެސް ހަ މީހަކަށް އެއިޑްސް ޖެހިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރުގެ ނިޔަލަށް ރާއްޖޭގައި މުޅިން އަލަށް ހަ މީހަކަށް އެއިޑްސް ޖެހިފަ އެވެ.

އެހެންކަމުން މިއީ ރާއްޖެ އިން އެއިޑްސް ބަލި ފެނުނު ފަހުން އެންމެ ގިނަ ބަޔަކު މިބައްޔަށް ޕޮޒިޓިވްވީ އަހަރެވެ.

ރާއްޖެއިން އެއިޑްސް ބަލީގެ މީހުން ފެންނަ އަދަދު މިއަހަރު އިތުރުވުމާ ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ ސަވައިލެންސް ޓެސްޓްތައް އިތުރުކޮށްފަ އެވެ.

ރާއްޖެ އިން އެންމެ ފުރަތަމަ އެއިޑްސް ބަލީގެ މީހަކު ފެނުނީ މީގެ 33 އަހަރު ކުރިން 1991 ވަނަ އަހަރު އެވެ.

އޭގެފަހުން މިބަލީގެ 49 މީހަކު ރާއްޖެއިން ފެނިފައިވެ އެވެ. އެއީ 43 ފިރިހެނުންނާއި ހަތް އަންހެނުންނެވެ.

އެއިޑްސް ބަލި ޖެހުނު ދިވެހިންގެ ތެރެއިން 16 މީހަކު މަރުވެފައިވާއިރު 33 މީހަކު ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

އެއިޑްސް ބަލި ފެތުރެނީ ކައިވެނީގެ ބޭރުން ރައްކާތެރި ނޫން ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ތެރެއިންނާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ތެރެއިން އެކަކަށްވުރެ ގިނަ މީހުން އެއް ސިރިންޖު ބޭނުންކުރާތީ އާއި، އެޗްއައިވީ ވައިރަސް ހުރި މީހެއްގެ ލޭ އެހެން މީހެއްގެ ގަޔަށް އެޅިގެންނާއި އަދި ބަލީގެ ވައިރަސް ހުރި އަންހެނަކަށް ލިބޭ ދަރިފުޅަށް ގާތުން ދިނުމުގެ ތެރެއިންނާއި ވައިރަސް ހުރި މީހަކު ބޭނުންކުރާ ތުވާލި އަންނައުނު ފަދަ ތަކެތިންނެވެ.

އެއިޑްސްއަށް ދެވޭ ފަރުވާ އަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެވެ. ރާއްޖޭގައިވެސް 2004 ވަނަ އަހަރުން ފެށިގެން މުޅިން ހިލޭ މިފަރުވާ އަންނަނީ ދެމުންނެވެ.

ބައިނަލްއަގްވާމީ އެއިޑްސް ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު އެއްވަނަ ދުވަހެވެ.