އެޗްޕީއޭ

ނޭވާލާ ނިޒާމު ބަލިކަށިކުރުވާ ބައްޔެއް ކުޑަކުދިންގެ މެދުގައި ފެތުރެނީ

ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: އަވަސް
0%
0%
0%

ނޭވާލާ ނިޒާމު ބަލިކަށިކުރުވާ -- ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ކުޑަކުދިންގެ މެދުގައި އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިކަން ހާމަކޮށް އެޗްޕީއޭ އިން ވަނީ މި ބަލީގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެފަ އެވެ.

މި ބަލި ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ގޮތުން އަތް ދޮވުން އިތުރުކުރުމަށާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ހިމެނެ އެވެ.

މިފަދަ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910