ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: ފޯކައިދޫން 31، ދުވާފަރުން 28 ކޭސް

ފޯކައިދޫ ސިއްހީ މަރުކަޒު: އެ ރަށުގެ 31 މީހަކަށް މިއަދު ވަނީ ބަލިޖެހިފައި --
0%
0%
0%

ށ. ފޯކައިދޫ އިން 31 މީހަކު އަދި ރ. ދުވާފަރުން 28 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިދިޔަ ސައުވީސް ގަޑިއިރަކީ މިދިޔަ ދެ ހަފްތާގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 86 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް ހަ މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ހަދަމުންދާ ރަށަކުން 92 މީހަކު ޕޮޒިޓިވްވިއެވެ.

އަތޮޅުތެރޭގެ 86 ކޭސްގެ ތެރޭހައި ހިމެނެނީ ފޯކައިދޫން ޕޮޒިޓިވްވި 31 މީހަކާއި ދުވާފަރުން ޕޮޒިޓިވްވި 28 މީހެކެވެ. މި ކޭސްތަކާއެކު އެ ދެ ރަށުގައި ކޮވިޑްގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. މިއީ އަތޮޅުތެރޭގެ ރަށަކުން އެއް ދުވަހާއި މިހާ ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ފެނުނު ފުރަތަމަ ފަހަރެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345