ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުވާފަރު

ދުވާފަރުން ބަލި ޖެހުނު މީހުންގެ އަދަދު 732 އަށް

Aug 13, 2021
1

އަތޮޅުތެރޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް އޮތް ރ. ދުވާފަރުން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 732 އަށް އަރައިފި އެވެ.

މިދިޔަ ސައުވީސް ގަޑިއިރުގެތެރޭގައި 14 މީހަކަށް ބަލި ޖެހިފައިވެއެވެ. މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 174 އެވެ.

މިހާތަނަށް 554 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިދިޔަ ސަައުވީސް ގަޑިއިރުތެރޭ 15 މީހަކު ބަލިން ފަސޭހަވެފައިވެއެވެ.

އަދިވެސް ނަތީޖާ ނުލިބޭ 61 ސާމްޕަލް އެއް ވެއެވެ. އެ ރަށުން ހަތަރު މީހަކު ވަނީ ކޮވިޑްގައި މަރުވެފައެވެ.