އުރީދޫ

އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހިދުމަތް

އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް ދޭ ހާއްސަ ހިދުމަތެއް ކަމަށްވާ "ކްލަބް ޕްރިމިއާ"ގެ ހިދުމަތް މިއަދު ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ "ސުޕަނެޓް 40އެމް" މަތީގެ ޕެކޭޖްތައް ގެންގުޅޭ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހިދުމަތް ލިބިގެންދާނެ އެވެ. އަދި ގެންގުޅޭ ޕެކޭޖުތަކާއި ގުޅޭގޮތަށް ސިލްވަ ގޯލްޑް އަދި ޕްލެޓިނަމް މެމްބަޝިޕްގެ ދަށުން ތަފާތު ހިދުމަތް ތަކެއް ލިބޭނެ އެވެ. އެގޮތުން ރާއްޖޭގެ މަގުބޫލް އެތައް ބްރޭންޑްތަކަކުން ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓާއި ކްލަބް ޕްރިމިއާ ލައުންޖު އެކްސެސްގެ އިތުރުން އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި ހިދުމަތްތައް ކްލަބް ޕްރިމިއާ މެމްބަރުންނަށް ލިބޭނެ އެވެ.

މީގެ އިތުރުން ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ލައިފް އިންޝުއަރެންސާއި ޕްރަޔޯރިޓީ ޕާސް މެމްބާޝިޕް ވެސް ލިބޭނެ އެވެ.

އުރީދޫ އިން ކްލަބް ޕްރިމިއާ ހިދުމަތް ތައާރަފްކުރީ 2015 ވަނަ އަހަރު އެވެ. އެ ހިދުމަތް ތައާރަފް ކުރީއްސުރެ ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތް ތަކެއް އަބަދު ވެސް ކުރަމުންދެ އެވެ. އެގޮތުން ފަހުގެ އާ ބްރޭންޑްތަކާއި ބައިވެރިވެ ހާއްސަ ޑިސްކައުންޓްތައް އުރީދޫއިން ދަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

މީގެއިތުރުން ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއާޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރިއޯރިޓީ ޕާސްގެ މެމްބަރަކަށް ވުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ އެވެ. ޕްރިއޯރިޓީ ޕާސް މެމްބަޝިޕާއި އެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާ އެކުވެސް މި ލައުންޖްތަކުން ހިދުމަތް ހޯދޭނެ އެވެ.