ބައިޑަން ސަރުކާރާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ޖަޕާންގެ ނިޕޯން ސްޓީލް ކޯޕޮރޭޝަނުން ބުނެފި އެވެ. ނިޕޯން ސްޓީލް ކޯޕޮރޭޝަން އަކީ ޖަޕާންގައި އެންމެ ފުޅާ ދާއިރާއެއްގައި ދަގަނޑު އުފައްދާ ކުންފުންޏެެވެ.
އެއީ އެމެރިކާގެ މަޝްހޫރު ޔޫއެސް ސްޓީލް ކުންފުނި 14.9 ބިލިއަން ޑޮލަރަށް ގަތުމަށް ނިޕޯން ސްޓީލުން ހުރިހާ ކަމެއް ނިންމާފައި ވަނިކޮށް -- ޖޯ ބައިޑަން ވިދާޅުވި ވިދާޅުވުމަށް އެ ޑީލް ހުއްޓުވާފައި ވާތީ އެވެ.
ޖޯ ބައިޑަން މި މުއާމަލާތް ހުއްޓުވީ އެމެރިކާގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް، ނިޕޯން ސްޓީލުން ބުނަނީ ބައިޑަން ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.
އެމެރިކާގެ ކުންފުންޏެއް، ދުނިޔޭގެ ހުރިހާ ހަމަތަކަކަށް ފެތޭ ގޮތަށް ވިއްކުމާއި ގަތުމުގައި އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ނިޕޯން ސްޓީލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވީ އެމެރިކާގެ ނަމަށް ފޫޅުކަނޑާފައި ހުރި އެވަރުގެ ބޮޑު ކުންފުންޏެއް ބޭރުގެ ބަޔަކަށް ވިއްކާލުކަމީ ލަދުވެރި ކަމެއް ކަމަށެވެ. އަދި އެއީ އެމެރިކާގެ ފުއްދުންތެރިކަމާ މެދު ސުވާލުކުރެވިދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔޫއެސް ސްޓީލް ވިއްކާލުމަކީ ބައިޑަން އެއްވެސް އިރެއްގައި، އެއްވެސް މަޝްވަރާއެއްގައި އާނބަސް ވިދާޅުވި ކަމެއް ނޫނެވެ.
އަދި ހުރިހާ ކަމެއް ފައިނަލަށް ދިޔަ ފަހުން މުއާމަލާތް ހުއްޓުވާލަން ޖެހުނީ، ޔޫއެސް ސްޓީލް އަކީ އެމެރިކާއަށް ފަޚުރަކަށް ވާތީ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އެއްޗެއް ވިދާޅުވާ ނަމަ، ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ކުންފުނިތައް އެއްވެސް ބަޔަކަށް ވިއްކުމަކީ ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
އެމެރިކާ އަކީ ސިނާއީ މަސައްކަތްތެރި ގައުމެއް ކަމަށް ބައިޑަން ވިދާޅުވި އެވެ. މަސައްކަތްތެރި ސިނާއަތްތައް ދެމެހެއްޓޭނީ އުފެއްދުންތެރިކަން ދަމަހައްޓައިގެން ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.