ދުނިޔެ

ބައިޑަންގެ ދައުރު ނިމުމުގެ ކުރިން އީރާނަށް ހަމަލާދީފާނެ

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ -- އީރާނަށް އިހުތިރާމްކުރުމާ އެކު ކުރެވޭ މަޝްވަރާތަކުން ހެޔޮ ނަތީޖާ ނުކުންނާނެ ކަމަށް ވިދާޅުވި
0%
0%
0%

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރިޔާސީ ދައުރު މި ހިނގާ ޖެނުއަރީ 20 ގައި ހަމަވާނެ އެވެ. އެއަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ އިންތިޚާބީ ރައީސް، ޑޮނަލްޑް ޓްރްމްޕް އެވެ.

އެމެރިކާގެ ރައީސްގެ މަގާމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގެން ޖެނުއަރީ 20 ގައި ހުވައިކުރައްވާނެ އެވެ. ހަމަ މި ދަނޑިވަޅުން ފެށިގެން އެމެރިކާގައި މުޅިން އާ ޚާރިޖީ ސިޔާސަތަކަށް އަމަލުކުރަން ފަށާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބައިޑަންގެ ދައުރު ހަމަވުމުގެ ކުރިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފަ އެވެ.

ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އީރާނަށް ހަމަލާދިނުމަށް ބައިޑަން ކެތްމަދުވެވަޑައިގެން ހުންނެވި ޚަބަރު އެމެރިކާގެ ނޫސްތަކުން ވެސް ވަނީ ގެނެސްދީފަ އެވެ.

ވައިޓް ހައުސްގައި ކުރެވުނު މަޝްވަރާތަކުގައި، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން -- އީރާނަށް ހަމަލާދެވެން ހުރި ގޮތްތައް ބައިޑަންއަށް ހުޅަހެޅުއްވި ކަމަށް އިތުބާރު ހުރި މަސްދަރުތަކާ ހަވަލާދީ އެމެރިކާގެ އޮންލައިން ނޫސް އެކްސިއޯސް ގައި ވަނީ ކިޔައިދީފަ އެވެ.

ނަމަވެސް، ޖޭކް ސުލިވާންގެ ހުށަހެޅުންތަކަށް ރައީސް ބައިޑަން ވަކި އެއްޗެއް ވިދާޅުނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި އީރާނަށް ހަމަލާދިނުމަށް އަސްކަރީ ރޭވުންތައް ކުރިއަށް ގެންދަން އަމުރުކުރައްވާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވައިޓް ހައުސްގެ މަޝްވަރާތަކާ ބެހޭ ތަފުސީލު މިހާރު ހާމަވެފައި އޮތްއިރު، މައިގަނޑު ނުކުތާ އަކީ އީރާނުން ނިއުކްލިއާ މުއްސަނދިކުރަން ކުރާ މަސައްކަތްތައް ހުއްޓާނުލައިފި ނަމަ، ހަމަލާދިނުން ފެންނަ ކަމަށް މަތީ ފަންތީގައި އެއްބަސްވެފައިވާ ކަމެވެ.

އެމެރިކާއިން ދީފާނެ ހަމަލާއަކަށް ތައްޔާރު ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެދެވިގެންވާ ގޮތަކީ މަޝްވަރާކުރުން ކަމަށްވެސް އީރާންގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

އީރާނަށް އިހުތިރާމްކުރުމާ އެކު ކުރެވޭ މަޝްވަރާތަކުން ހެޔޮ ނަތީޖާ ނުކުންނާނެ ކަމަށްވެސް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވި އެވެ.

ނިއުކްލިއާ ބޮމެއް އުފެއްދުމަކީ އީރާނުން ވިސްނާ ކަމެއް ނޫން ކަމަށްވެސް އައްބާސް ވިދާޅުވި އެވެ. އީރާންގެ މަގުސަދަކީ މަދަނީ ބޭނުންތަކަށް ފުދޭ ވަރަށް ނިއުކްލިއާ ހަކަތަ އުފެއްދުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345